ގައުމީ ނިއުސް އެޖެންސީއެއް އުފައްދަން ޕީއެސްއެމާ އެކު ސޮއިކޮށްފި

މިހާރު

7 އޯގަސްޓު 2025 | ބުރާސްފަތި | 2:37

ގައުމީ ނިއުސް އެޖެންސީއެއް އުފައްދަން ދައުލަތުގެ މީޑިއާއާ އެކު، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން މިއަދު އެއްބަސްވެއްޖެ އެވެ.

އެކިއެކި ޚަބަރާއި މައުލޫމާތުތައް ފޯރުކޮށްދޭ އިދާރާ އުފެއްދުމުގެ އެއްބަސްވުމުގައި ޔޫތު އެމްޕަވަމެންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އަދި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީން ވަނީ ސޮއިކުރައްވައިފަ އެވެ.

ސަރުކާރު ވެބްސައިޓުގައި އާއްމުކުރި ލިޔުމުގައި މިނިސްޓްރީން ބުނީ، އަލަށް އުފައްދާ ނިއުސް އެޖެންސީން ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މައުލޫމާތު ލިބޭނެ ކަމަށެވެ.

މައުޟޫޢުތަށް