ހީޓް ކާމިޔާބުކޮށް ހޫބްޒް އާއި ސްމައިލީ ވެސް ތިން ވަނަ ބުރަށް
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 11:21
އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ މެންސް އޯޕަންގެ ދެ ވަނަ ބުރުގެ ހީޓުތައް ކާމިޔާބުކޮށް ރާއްޖޭގެ ހޫދު އަހުމަދު (ހޫބްޒް) އާއި، އިސްމާއީލް ރަޝީދު (ސްމައިލީ) ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
އެހެންކަމުން މެންސް އޯޕަންގައި ރާއްޖޭން ވާދަކުރާ ތިން ސާފަރުން ވެސް މިވަނީ ތިން ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ރާއްޖޭގެ އަނެއް ސާފަރު އަހުމަަދު އާގިލް (އައްމަޑޭ) ތިން ވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ވާދަކުރި ހީޓުގެ އެއް ވަނަ ހޯދައިގެންނެވެ.
ހޫބްޒް އާއި ސްމައިލީ އަށް ލިބުނީ ފުރަމަ ބުރުގައި ވާދަކުރި ހީޓުތަކުން ދެ ވަނަ ކަމުން، އެ ދެ ސާފަރުންނަށް ދެ ވަނަ ބުރުގައި ވާދަކުރަން ޖެހުނީ އެވެ.