އެޗްޑީއެފްސީގެ އާ ދެ ޕްރޮޑަކްޓެއް: ހޮލިޑޭ ހޯމް އާއި ލައިޓް ފައިނޭންސިން ފެސިލިޓީ
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 2:49
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފިނޭންސިން އާ ދެ ޕްރޮޑަކްޓެއް ހައުސިން މާކެޓަށް ތައާރަފުކޮށްފި އެވެ.
އަލަށް ތައާރަފު ކުރި ދެ ޕްރޮޑަކްޓުގެ ތެރެއިން 'ހޮލިޑޭ ހޯމް' އަކީ ކަސްޓަމަރުންނަށް ޗުއްޓީ ހޭދަކުރަން ހޮލިޑޭ ހޯމްއެއް ބިނާކުރުމަށް ދޫކުރާ ފައިނޭންސިން އެކެވެ. މި ޕްރޮޑަކްޓްގެ ހާއްސަ ކަންކަމުގެ ތެރޭގައި ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިމުގައި ހޮލިޑޭ ހޯމް ބިނާކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އެޗްޑީއެފްސީއިން ހޮލިޑޭ ހޯމްގެ ގޮތުގައި ކަނޑައަޅަނީ ބެޑްރޫމް އަދި އެޓޭޗްޑް ލިވިންގް ރޫމް އަދި ކިޗަން ހުންނަ ގޮތަށް ފަރުމާ ކުރާ ތަންތަނެވެ. އެޗްޑީއެފްސީއިން ބުނީ މިފަދަ ތަންތަނަކީ ޗުއްޓީ ހޭދަކުރަން ހާއްސަކޮށް ހަދާ ތަންތަން ކަމަށާއި މިއީ ކުއްޔަށް ވެސް ދެވޭނެ ތަންތަން ކަމަށެވެ.