މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅު މެންބަރުންގެ ސިޓީއެއް ރައީސަށް
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 7:11
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް މިނިސްޓަރުން އެއްބާރުލުން ނުދެއްވައި، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.
އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވައި، ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެއްލެވުމާއި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ލިޔުމުން ނުވަތަ އަނގަބަހުން ވަޒީރުންނާ ސުވާލު ކުރުމަށް އެތައް ފަހަރެއްގެ މަތިން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަދަލުގައި، އެ ޒިންމާއިން ބަރީއަވެ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ދުސްތޫރީ ވާޖިބުތައް އަދާކުރުމަށް މިނިސްޓަރުން ގެންދަވަނީ ހުރަސްއަޅުއްވަމުން ކަމަށް ސިޓީގައި ވެ އެވެ.