11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހަދަން އާރުޑީސީއާ ހަވާލުކޮށްފި
މިހާރު
7 އޯގަސްޓު 2025 | ބުރާސްފަތި | 9:27
ޒަމާނީ ފެންވަރަށް 11 ރަށެއްގެ މަގުތައް ހެދުމުގެ މަޝްރޫއު ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި، 11 ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަކަށް މިދިޔަ ހަފުތާގައި އައްޔަން ކުރެއްވި އިބްރާހީމް ނަޒީމެވެ.