ގެވެށި އަނިޔާގެ މައްސަލައެއްގައި ފުލުހުން ހިޔާ ފްލެޓެއް ފާސްކުރަނިކޮށް 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
މިހާރު
8 އޯގަސްޓު 2025 | ހުކުރު | 12:04
ގެވެށި އަނިޔާގެ މައްސަލައެއްގައި ހިޔާ ފްލެޓެއް ރޭ ފާސްކުރަނިކޮށް ފެނުނު 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަނަށް ރޭ 9:14 ގައި ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ހިޔާ ފްލެޓުގެ އެޕާޓްމަންޓެއް ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށެވެ.
އެ އެޕާޓްމަންޓުން ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފެނިފައިވާ ކަމަށާއި އެ ތަކެތި މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.