އައްބާސްގެ ވާހަކަތައް ދޮގުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ މާ ވަރުގަދަވާނެ ކަމަށް

މިހާރު

8 އޯގަސްޓު 2025 | ހުކުރު | 2:48

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ 13 ނުވަތަ 14 މެމްބަރަކު ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި އެ ޕާޓީ ދޫކުރައްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.

އައްބާސް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި މެމްބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ވަރަށް ބޮޑަށް ހޫނުވުމުން ޕީޖީ ގުރޫޕުގެ އިތުރު ބައްދަލުވުމެއް އިއްޔެ ބާއްވާނެ ކަމަށް އެންގުމަށް ފަހު، އެ ކަން ނުކުރާ ކަމަށް އައްބާސް ވިދާޅުވި އެވެ.

ނަމަވެސް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެ ވާހަކަތައް ދޮގުކުރައްވައި މިއަދު ޕޯސްޓެއް ކުރެއްވި އެވެ.

މައުޟޫޢުތަށް