ޔޫކޭ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި ޕާސްޕޯޓެއް ދޫކޮށްފައެއް ނުވޭ: ހޯމް މިނިސްޓްރީ
މިހާރު
8 އޯގަސްޓު 2025 | ހުކުރު | 2:48
އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީ މިއަދު ބުނެފި އެވެ.
ޖިންސީ ގޯނާގެ މައްސަލައެއްގައި ދިވެއްސަކު އިނގިރޭސި ވިލާތުގެ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތައް ދޮގުކޮށް ހޯމް މިނިސްޓްރީން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި ހުކުމްކޮށްފައިވާ "ސުންދަރަލިންގަމް ކޫޑަލިންގަމް"އަކީ އެއްވެސް އިރަކު ރާއްޖޭގެ ރައްވެހިކަން އޮތް މީހެއް ނޫން ކަމަށެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި އެ ނަން ކިޔާ ދިވެއްސަކު ރެކޯޑު ކޮށްފައި ނުވާ ކަމަށާއި އިމިގްރޭޝަންގެ ރެކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި އެ ނަން ކިޔާ މީހަކަށް ދިވެހި ޕާސްޕޯޓެއް ހައްދާ ދީފައި ނުވަތަ ދޫކޮށްފައިވާ ކަން އެނގެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.