ގައުމީ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ ސްޕޯޓްސް ކްލަބަށް

މިހާރު

9 އޯގަސްޓު 2025 | ހޮނިހިރު | 1:20

މިދިޔަ އަހަރުގެ ޗެމްޕިއަން ސީބީއެލް ސްޕޯޓްސް ބަލިކޮށް، މާލޭ ސްޕޯޓްސް ކްލަބުން މިއަހަރުގެ ގައުމީ މުބާރާތް، ޓީ20 ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސީބީއެލްގެ މައްޗަށް މާލޭ ސްޕޯޓްސް ކްލަބް ކުރި ހޯދީ ހަތަރު ވިކެޓުންނެވެ.

މާލޭ ސްޕޯޓްސް އަށް ޓޮސް ދިމާވެގެން ފުރަތަމަ ކުޅެން އެރީ ސީބީއެލް އެވެ. ސީބީއެލް ކުޅެން އަރައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 127 ލަނޑެވެ. ސީބީއެލްގެ އާޝާން ޔަޕާ 39 ބޯޅައިން 52 ލަނޑު ހަދާފައި ވާއިރު، މާލޭ ސްޕޯޓްސްގެ މުހައްމަދު މަހުފޫޒް ވަނީ ތިން ވިކެޓް ނަގައިފަ އެވެ. މީގެ އިތުރުން މާލޭ ސްޕޯޓްސްގެ މުހައްމަދު ޝިޔާމާއި އިރުފާން އާލަމް ވެސް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

މައުޟޫޢުތަށް