ޒަކިއްޔާގެ މަރު: ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ކުރަނީ!
މިހާރު
9 އޯގަސްޓު 2025 | ހޮނިހިރު | 6:24
މިއީ ވަރަށް ސީރިއަސް މަރަކަށް ވާތީ، ފުލުހުންގެ މައްޗަށް ދައުވާ ކުރުމާ މެދު ސީރިއަސްކޮށް ވިސްނާނެ ކަމަށް ޕީޖީ އޮފީހުން ބުނި.
ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި މީގެ 11 މަސް ކުރިން ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ތަހުގީގުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިއިސީ) އިން ގަބޫލު ކުރާތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފަށައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތުގެ ކަންކަން އެންއައިސީ އިން ބަލައި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާގައި ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.