އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން މިފްކޯ އިން ތައްޔާރުވެއްޖެ

މިހާރު

10 އޯގަސްޓު 2025 | އާދިއްތަ | 12:37

އައްޑޫން ގަންނަ މަސް ހުވަދުއަތޮޅަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަން މިފްކޯ އިން ތައްޔާރުވެއްޖެ އެވެ.

ދައުލަތުގެ މަސް ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ސީދާ އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"އަދި މީގެ އިތުރުން، އައްޑޫގައި މަހަށް ވެލިޔު އެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުންދެ އެވެ،" މިފްކޯ އިން ބުންޏެވެ.

މައުޟޫޢުތަށް