30 ބިލިއަން ރުޕީސްގެ ކަރެންސީ ސްވޮޕް ވެސް ބޭނުންކުރަނީ
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 10:44
އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ލިބިފައިވާ 30 ބިލިއަން ރުޕީސް (343 މިލިއަން ޑޮލަރު) ގެ ކަރެންސީ ސްވޮޕް ފެސިލިޓީ ވެސް ބޭނުންކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނިންމައިފި އެވެ.
އެމްއެމްއޭ އިން ބުނީ، 30 ބިލިއަން ރުފީސްގެ ފެސިލިޓީ ބޭނުން ކުރަން ފަށާނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ވާން ޖެހޭ އިދާރީ ތައްޔާރީތައް އެ ބޭންކުން އަންނަނީ ވަމުންނެވެ.
އެ ފެސިލިޓީ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.