މުޅި ކެރިއާގައި އަހަރެން މި ކުރާކަމަކީ ތަށި ހޯދުން، ލެވަކޫސަންގައި ވެސް އެ އުއްމީދު އެބައޮތް: ޓެން ހާގް
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 1:44
އޭނާގެ މުޅި އުމުރުގައި ވެސް ކުރާ ކަމަކީ ތަށި ހޯދުން ކަމަށާއި މިހާރުގެ ކްލަބް ބެޔާ ލެވަކޫސަނާ އެކު ވެސް އެ އުއްމީދު އެބައޮތް ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
ލެވަކޫސަނަށް މިދިޔަ އަހަރުގެ ޖަރުމަނު ލީގު ކާމިޔާބުކޮށް ދިން ޒަބީ އަލޮންސޯ މިދިޔަ ސީޒަނަށް ފަހު ކްލަބް ދޫކޮށްލުމުން އެ ޓީމުގެ މަގާމަށް ގެނައީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ޓެން ހާގެވެ.
އަޔެކްސްގައި ކާމިޔާބު ހޯދި ޓެންހާގަށް ޔުނައިޓެޑްގެ ވަޒީފާ ގެއްލުނީ އެ ކްލަބްގައި އޭނާ ފެށި ޕްރޮޖެކްޓް ނާކާމިޔާބުވުމުންނެވެ. އޭނާ ފާހަގަ ކުރެވުނީ ޔުނައިޓެޑްގައި ފެއިލްވި ކޯޗެއްގެ ގޮތުގަ އެވެ.