ކުވެއިތުގެ ވިޔަފާރިވެރިޔަކު މަނަދޫގައި މިސްކިތެއް ބިނާކުރައްވައިފި
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 3:20
ކުވެއިތުގެ ވިޔަފާރިވެރިޔަކު ނ. މަނަދޫގައި ބިނާކުރެއްވި މިސްކިތް އިއްޔެ ހުޅުވައިފި އެވެ.
މަނަދޫގެ ބަނދަރުމަތީގައި އިމާރާތްކޮށްފައިވާ "ޚަލީފާ ތަލާލް އަލް ޖެރީ" މިސްކިތް ހުޅުއްވައިދެއްވީ އެ ރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ މިސްކިތް ބިނާކޮށްދެއްވި ކުވެއިތުގެ ވިޔަފާރިވެރިޔާ އަލް ޖެރީ އެވެ.
ޖުމްލަ 114 މީހުންގެ ޖާގައިގެ އެ މިސްކިތް ހުޅުވުމަށް ފަހު މަނަދޫގެ ރައްޔިތުން ވަނީ އޭނާއަށް ހާއްސަ ޖާފަތެއް ވެސް ބާއްވައިފަ އެވެ.