ޔަސީން އާއި ޔޫސުފް ކަޔާން މުބާރާތް ނިންމާލީ ކުއާޓާ އިން

މިހާރު

10 އޯގަސްޓު 2025 | އާދިއްތަ | 3:34

އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގެ ޖޫނިއާ މެންސް ކެޓަގަރީގެ ކުއާޓާ ފައިނަލާ ހަމައިން ރާއްޖޭގެ ޔަސީން އަހުމަދު ނާޝިދު އާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އަށް މުބާރާތް ނިންމާލަން ޖެހިއްޖެ އެވެ.

އެކަމަކު ޔަސީން އާއި ޔޫސުފް ކަޔާން ވެފައިވަނީ އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ މި މުބާރާތުގެ އެންމެ ދުރަށް ދަތުރުކުރި ދިވެހި ސާފަރުންނަށެވެ. މި ކެޓަގަރީގައި ދެން ވާދަކުރި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އަށް ފުރުސަތު ގެއްލުނީ ދެ ވަނަ ބުރާ ހަމައިންނެވެ.

މެންސް އޯޕަން ކެޓަގަރީގައި ވާދަކުރި ރާއްޖޭން އަހުމަދު އާގިލް (އައްމަޑޭ) އާއި ހޫދު އަހުމަދު (ހޫބްޒް) އާއި، އިސްމާއީލް ރަޝީދު (ސްމައިލީ) ކެޓީ ތިން ވަނަ ބުރުންނެވެ. ވިމެންސް އޯޕަން އަށް ބަލާއިރު ޝާޒިޔާ ސައީދު (ސާޒު) އާއި ފާތިމަތު ރިޝްތާ ސުޖާއު އަދި މަރިޔަމް ރާހިލް ނަސީމް (އާޔާ) ކެޓީ ދެ ވަނަ ބުރުންނެވެ.

މައުޟޫޢުތަށް