އަވަސް ފަރުވާގެ ތަމްރީނު ދޭނެ ސާމާނު އިނގިރޭސި ސަރުކާރުން އެމްއޭސީއެލަށް ހަދިޔާކޮށްފި
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 4:18
އަވަސް ފަރުވާގެ ތަމްރީނު ދޭނެ ސާމާނު އިނގިރޭސި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް މިއަދު ހަދިޔާކޮށްފި އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސި ސަރުކާރުން އެކަމަށް ބޭނުންވާ ތަކެތި، މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހަދިޔާކޮށްފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި، އެ ތަކެތި ހަދިޔާކުރި ކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެކްޓިން ހައި ކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލަޔާ ހަވާލުވެވަޑައިގަތީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.