ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް

މިހާރު

10 އޯގަސްޓު 2025 | އާދިއްތަ | 8:42

ރާއްޖޭ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ކުންފުނި "ވިޒިޓް މޯލްޑިވްސް" އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓާކާޑާ ގުޅިގެން ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމެއް މިއަދު ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ، އެއީ އެންމެ މި ޒަމާނުގެ "ޓޫރިޒަމް އިންސައިޓް ޑޭޓާ ޕްލެޓްފޯމް" އެއް ކަމަށެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި ޓޫރިސްޓުން ހަރަދުކުރުމުގެ އާދަތަކާއި އިސްކަންދޭ ކަންތައްތަކާ ގުޅޭ މައުލޫމާތު ޑޭޓާގެ އަލީގައި އެ ޕްލެޓްފޯމުން ލިބިދޭނެ އެވެ.

މައުޟޫޢުތަށް