އިޒްރޭލުގެ ޣައްޒާ ޕްލޭނަކީ އިތުރު މުސީބާތެއް: އދ
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 8:52
އިޒްރޭލުން ޣައްޒާ ހިފައި އެތަން ކޮންޓްރޯލްކުރަން ގެންގުޅޭ ޕްލޭނުގެ ސަބަބުން އިތުރު މުސީބާތެއް ނޫނީ ކުރިމަތިނުވާނެ ކަމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި އެ ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ޣައްޒާ ސިޓީ އިޒްރޭލުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންދަން ނިންމައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ހުކުރު ދުވަހު ފާސްކުރުމާ އެކު އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ހަފުތާ ބަންދުގައި އާދަޔާ ހިލާފު ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ.
"މި ޕްލޭންތައް އެގޮތަށް ކުރިއަށް ގެންގޮސްފި ނަމަ ކުރިމަތިވާނީ އިތުރު މުސީބާތެއް. އިތުރު ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވުމާއި މީހުން މެރުމާއި އިތުރު ވީރާނަކަން މުޅި ސަރަހައްދަށް ފެތުރިގެން ދިއުން ނޫން ކަމެއް ނުވާނެ،" އދ.ގެ އެސިސްޓެންޓް ސެކްރެޓަރީ މިރޮސްލާވް ޖެންކާ ވިދާޅުވި އެވެ.