ސިފްކޯގެ ފްލެޓަކުން ޑްރަގު ފެނިގެން މީހަކު ހައްޔަރުކޮށްފި
މިހާރު
10 އޯގަސްޓު 2025 | އާދިއްތަ | 10:47
ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން މީހަކު ހައްޔަރުކޮށްފި އެވެ.
ސިފްކޯ ފްލެޓެއްގެ ތެރެއިން ހައްޔަރުކުރީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރާއިރު، އެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.