އިޒްރޭލުން އަލްޖަޒީރާގެ ފަސް ނޫސްވެރިޔަކު ޝަހީދުކޮށްލައިފި
މިހާރު
11 އޯގަސްޓު 2025 | ހޯމަ | 6:32
އަލް ޖަޒީރީގެ މަޝްހޫރު ރިޕޯޓަރަކު ހިމެނޭ ގޮތަށް އެ ޗެނަލްގެ ދެ ކޮރެސްޕޮންޑެންޓުންނާއި ތިން ކެމެރާމަނަކު އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލައިފި އެވެ.
ޣައްޒާ ސިޓީގައި ހުންނަ ޓެންޓަކަށް ދިން ހަމަލާގައި ފަސް ނޫސްވެރިން ޝަހީދުކޮށްލާފައި ވާއިރު މި ހަމަލާ ދިން ކަމަށާއި މިއީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އާލް ޝަރީފަށް އަމާޒުކުރި ހަމަލާއެއް ކަމަށް އެއްބަސްވެ އިޒްރޭލުން ވަނީ ބަޔާން ނެރެފަ އެވެ.
އިޒްރޭލުން ބުނީ އުމުރުން 28 އަހަރުގެ އެ ނޫސްވެރިޔާ އަކީ ހަމާސްއާ ގުޅިގެން މަސައްކަތްކުރާ "ޓެރަރިސްޓެއް" ކަމަށެވެ.