އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަނީ

މިހާރު

11 އޯގަސްޓު 2025 | ހޯމަ | 9:46

އަންނަ މަހު ބާއްވާ އދ.ގެ އާންމު މަޖިލީހުގައި އޮސްޓްރޭލިއާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މިއަދު އިއުލާނުކުރައްވައިފި އެވެ.

"އިޒްރޭލާއި ފަލަސްތީނަށް ދާއިމީކޮށް ދައުލަތެއްގެ ދަރަޖަ ނުލިބޭ ނަމަ ސުލްހަޔަކީ ވަގުތީ ކަމަކަށް ނޫނީ ނުވާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ބޮޑުވަޒީރު ވިދާޅުވި އެވެ. "އޮސްޓްރޭލިއާއިން ފަލަސްތީނު ރައްޔިތުންގެ ހައްގު ކަމަށްވާ އެ މީހުންގެ އަމިއްލަ ދައުލަތެއް ބަލައިގަންނާނަން."

މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތައް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާ މައްސަލަ ބޮޑުވެފައި ވާއިރު ފްރާންސާއި އިނގިރޭސިވިލާތް އަދި ކެނެޑާ ފަދަ އެތައް ގައުމުތަކުން ވަނީ ފަލަސްތީނަށް ދައުލަތެއްގެ ދަރަޖަ ދޭން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.

މައުޟޫޢުތަށް