އެންމެ ޒުވާން ބައިނަލްއަގުވާމީ ކްރިކެޓް ކެޕްޓަނަކަށް ކްރޮއޭޝިއާގެ ވުކުސިކް
މިހާރު
11 އޯގަސްޓު 2025 | ހޯމަ | 12:37
އުމުރުން 17 އަހަރުގައި ކްރޮއޭޝިއާ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކޮށްގެން އެޓީމުގެ ޒުވާން އޯލްރައުންޑާ ޒަކް ވުކުސިކް، ކްރިކެޓްގެ ތާރީހުން ޖާގަ ހޯދައިފި އެވެ.
ވުކުސުކް ވަނީ ކްރޮއޭޝިއާގައި ސައިޕްރަސްއާ ދެކޮޅަށް ކުޅެމުން އަންނަ ޓީ20 އިންޓަނޭޝަނަލް ބައިލެޓެރަލް ސީރީޒްގައި ބުރާސްފަތި ދުވަހު ގައުމީ ޓީމު ކުޅުނު މެޗު ލީޑު ކޮށްފަ އެވެ. މި މެޗު ކުޅުނު އިރު އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ.
މީގެ ކުރިން އެންމެ ޒުވާން ކެޕްޓަނަކީ 2022 ވަނަ އަހަރުގެ ޖުލައި މަހު ޓީ20 އިންޓަނޭޝަނަލް މެޗެއްގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ފްރާންސް ލީޑު ކޮށްދިން ނޯމަން އަމްޖަދެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރާއި 24 ދުވަހެވެ.