އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް، ތެލެސީމިއާ ހޮސްޕިޓަލްގެ މަސައްކަތް ނުފެށޭ!

މިހާރު

8 ސެޕްޓެމްބަރު 2025 | ހޯމަ | 10:02

ތެލެސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލް އެޅުމުގެ އެގްރިމެންޓުގައި ސޮއިކުރިތާ އަހަރެއް ވާ އިރު ވެސް މަސައްކަތް ނުފެށި ދިގުލައިގެން ހިނގައްޖެ އެވެ.

ހުޅުމާލެ 2 ގައި އާ ހޮސްޕިޓަލް އެޅުމަށް ހެލްތު މިނިސްޓްރީން މެޑޯ އޭޝިއާ ކުންފުނި އަދި ޗިން ހިން ގްރޫޕް ބަރްހާދްއާއެކު ސޮއިކުރީ، މިދިޔަ އޮކްޓޯބަރު 15 ގަ އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މާސްޓަ ޕްލޭން ލޯންޗުކުރުމުގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި އެގްރިމެންޓުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. މެޑޯ އޭޝިއާ ކުންފުނީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ ސްޓުއާޓް ޖޭ ވެނާ ޕެކް ސޮއި ކުރެއްވިއިރު، ޗިން ހިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ގުރޫޕް ސީއީއޯ ރޮޖާ ލިން އެވެ.

މައުޟޫޢުތަށް