ޒަކިއްޔާގެ މަރު: އެންއައިސީން ދައުވާކުރަން އެދުނު ފުލުހުންގެ ތެރޭގައި ސީޕީ އާއި ފުލުހުންގެ އިސްވެރިން

މިހާރު

11 އޯގަސްޓު 2025 | ހޯމަ | 3:28

މިދިޔަ އަހަރު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޖިނާއީ ދައުވާކުރަން ބޭނުންވާ ބޭފުޅުންގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ހިމެނޭކަން "މިހާރު"އަށް އެނގިއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނެފައިވަނީ އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ގަބޫލު ކުރާތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ. އަދި ހަތް ފުލުހެއްގެ މައްޗަށް ދައުވާކުރަން އެންއައިސީން ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވާފައިވާ ކަމަށް ޕީޖީން ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެންއައިސީން ދައުވާ ކޮށްދިނުމަށް އެދިފައިވާ ބޭފުޅުންގެ ތެރޭގައި، އެ ހާދިސާ ހިނގިއިރު ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ކޮމިޝަނަރު ނަވީނާއި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނިވަޑައިގަންނަވަ އެވެ.

މައުޟޫޢުތަށް