އެންސިސް، މިފްކޯ އަށް "ލިބިގަތުމުގެ" ކަންކަން އޮޑިޓް ކުރަން ގޮވާލައިފި
މިހާރު
11 އޯގަސްޓު 2025 | ހޯމަ | 4:20
ދައުލަތުގެ މަސް ކުންފުނި މިފްކޯ އިން އެންސިސިސް މަސް ފެކްޓަރީއާ ހަވާލުވާން ނިންމާފައިވާއިރު، އެ މުއާމަލާތުގެ ކަންކަން އޮޑިޓް ކުރަން ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ގޮވާލައްވައިފި އެވެ.
އެންސިސް އިން 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އިންވެސްޓް ކޮށްގެން ހުޅުމާލެ 1 ގައި ހަދާފައިވާ މަސް ފެކްޓަރީ މިފްކޯ އަށް "ލިބިގަތުމަށްޓަކައި" ދިރާސާއެއް ހަދާފައިވާ ކަމަށް މިފްކޯ އިން ބުނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މިފްކޯ އިން އިއްޔެ ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެންސިސްއާ އެކު އޭގެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށެވެ.