ބ. އަތޮޅުގެ 10 ރަށާ އެކު، ބީއެމްއެލް އިން 47 ރަށުގައި އޭޓީއެމްގެ ހިދުމަތް
މިހާރު
11 އޯގަސްޓު 2025 | ހޯމަ | 9:12
ބ. އަތޮޅުގެ ހުރިހާ ރަށެއްގައި މި ހަފުތާ ތެރޭގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭން ފެށޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ބ. އަތޮޅުގެ ތިން ރަށެއްގައި މިއަދު ފެށި އޭޓީއެމްގެ ހިދުމާ އެކު، އެ އަތޮޅުގެ ބާކީ ހަތް ރަށުގައި މި ހަފުތާ ނިމޭއިރު އެ ހިދުމަތް ފަށާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެ 10 ރަށް ފުރިހަމަ ވުމުން މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އޭޓީއެމް ބެހެއްޓުނީ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" ގެ ދަށުން ވަނީ ބ. ކަމަދު އާއި އެ އަތޮޅު ކުޑަރިކިލު އަދި ކެންދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފުކޮށްފަ އެވެ.