ގަދަރުވެރި ދެ ޔުނިފޯމުން ނިވާވެ ކޮރަޕްޝަން ހިންގުން ހުއްޓުވަންޖެހޭ!

މިހާރު

18 އޯގަސްޓު 2025 | ހޯމަ | 9:52

ޕޮލްކޯ، ސިފްކޯގެ މައްސަލަތައް ފެންމަތިވީ ފުލުހުންގެ ފްލެޓްތަކާ ގުޅޭ މައްސަލައެއް މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރު ބަލަން ފެށި ހިސާބުން.

ސިފައިންނާއި ފުލުހުންނަށް ގަދަރާއި އިހުތިރާމާއި ހާއްސަ އެތައް ކަމެއް ދޭންޖެހެ އެވެ. ނަމަވެސް މި ޝަރަފުވެރި ދެ ޔުނީފޯމުން ނިވާވެ ތިބެ އެ ދެ މުއައްސަސާގެ ތެރެއިން ހިންގަމުންދާ ބައެއް ކަންކަމާ ހެދި އިތުބާރު ގެއްލެނީ އެވެ.

ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އާއި ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާއި ފުލުހުންގެ ކޯޕަރޭޓިވް (ޕޮލްކޯ) އަކީ އެ ދެ މުއައްސަސާގެ މަންފާ އަށް ރަނގަޅު މަގުސަދުގައި އުފައްދައި ހިންގަން ފެށި ތަންތަން ކަމަށް ވިޔަސް އެ ތަންތަނާ ބެހޭ ގޮތުން ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތުތައް ނޫން ވާހަކައެއް ބޭރެއް ނުވެ އެވެ. ފުލުހުންނާއި ސިފައިންނަކީ ހާއްސަ އިނާޔަތްތަކާއި އިސްތިސްނާތަކެއް ލިބިގެންވާ ބަޔަކަށް ވުމީ އެ ތަންތަނުން ކުންފުނިތައް ހަދައި ވިޔަފާރީގެ ތެރެއަށް ވަނުމުން ކޮރަޕްޝަނުގެ ތެރެއަށް ފަސޭހައިން ހުށަހެޅޭ ބޮޑު ސަބަބެކެވެ.

މައުޟޫޢުތަށް