ވެރިކަމާ ހަވާލުވާން މި އަށް ވުރެ ކުޑަތަންކޮޅެއް ލަސްވި ނަމަވެސް މި ގައުމު ހަލާކުވީސް: ސަލީމް

މިހާރު

11 އޯގަސްޓު 2025 | ހޯމަ | 11:39

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިނުގަނެ ކުޑަތަންކޮޅެއް ލަސްވި ނަމަވެސް ގައުމު "ހަލާކުވެގެން ދިޔައީސް" ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރައީސް މުއިއްޒު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ބޭއްވެވި ޖަލްސާގަ އެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ވެސް އޮތީ ވަރަށް ނާޒުކު ހާލަތުގައި ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ދަރަނީގެ ހާލަތުގެ ވާހަކަތައް ރައްޔިތުންނަށް ދޭތެރެދޭތެރެއިން ހަނދާން ކޮށްދޭން ޖެހޭ ކަމަށެވެ.

މައުޟޫޢުތަށް