ޔުނައިޓެޑްގެ ޓްރާންސްފާ އަށް ފަހިކުރަން ޕީއެސްޖީން ޑޮނަރުއްމާ ބާކީކޮށްފި؟!
މިހާރު
12 އޯގަސްޓު 2025 | އަންގާރަ | 8:34
ޔުއެފާ ސުޕަ ކަޕްގެ މެޗަށް ޕީއެސްޖީން އެކުލަވާލި ސްކޮޑުން ޓީމުގެ އެއްވަނަ ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާ ބާކީ ކޮށްފި އެވެ.
ބުދަ ދުވަހުގެ ރޭ، ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅޭ މެޗަށް ރަޖިސްޓަރީ ކުރީ ސްކޮޑްގައި އިޓަލީގެ ކީޕަރު ނުހިމެނީ އޭނާގެ ޓްރާންސްފާ އަށް މަގުފަހި ކުރަންކަމަށް މީޑިއާތަކުން ބުނެ އެވެ.
ޕީއެސްޖީން ވަނީ ލިލްގެ ކީޕަރު ލޫކަސް ޝުވާލިއޭ ސޮއި ކުރުވާފަ އެވެ. ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ފުރުސަތު ދޭނީ އޭނާ އަށް ކަމަށް ބެލެވެ އެވެ.