ކޭނަރީ ވިއްކާލަން ޗައިނާ، ސައޫދީ ކުންފުނިތަކާ ވެސް މަޝްވަރާ އެބަކުރަން: އެންސިސް

މިހާރު

12 އޯގަސްޓު 2025 | އަންގާރަ | 9:50

މީގެ ދޮޅު އަހަރު ކުރިން މަހުގެ އަގު 25ރ. އަށް ބޮޑުކުރުމާ ގުޅިގެން އެންސިސް ކޭނިން ފެކްޓަރީ ބަންދުކުރަން ޖެހި، ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެ ފެކްޓަރީ ވިއްކާލަން ނުވަތަ އެހެން ބަޔަކަށް ކުއްޔަށް ދީގެން ހިންގަން ރާއްޖޭގެ މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީ އަރަބިއްޔާގެ ކުންފުނިތަކާ ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެންސިސް ފިޝަރީޒުން ރޭ ބުނެފި އެވެ.

ބޭންކުތަކުން ނެގި 25 މިލިއަން (385 މިލިއަން ރުފިޔާ) އަށް އިންވެސްޓް ކޮށްގެން 2019 ގައި ހެދި ކޭނަރީ މިފްކޯ އަށް "ލިބިގަތުމުގެ" ދިރާސާއެއް ކޮށްފައިވާ ކަމަށާއި އޭގެ މަޝްވަރާތައް އެ ކުންފުންޏާ އެކު ކުރަމުން އަންނަ ކަމަށް މިފްކޯ އިން ހާމަކުރުމުން އެކި ގޮތްގޮތަށް ދަނީ ވާހަކަތައް ފެތުރެމުންނެވެ.

އެކަން ސާފުކޮށްދިނުމަށް އެންސިސް ފިޝަރީޒުން ނެރުނު ބަޔާނެއްގައި ބުނީ، ލިބެނުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކޭނިން ފެކްޓަރީ ވިއްކާލުމަށް ނުވަތަ ތިންވަނަ ފަރާތަކާ ހަވާލު ކޮށްގެން ހިންގަން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ދައުލަތުގެ މަސް ކުންފުނި މިފްކޯގެ އިތުރުން ޗައިނާ އާއި ސައޫދީގެ ކުންފުނިތައް ހިމެނޭ ކަމަށް އެންސިސް އިން ބުންޏެވެ.

މައުޟޫޢުތަށް