ތުޅާދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފެށީ ބަދަލުތަކެއް ގެންނަ ގޮތަށް
މިހާރު
12 އޯގަސްޓު 2025 | އަންގާރަ | 2:42
ރައީސް ވިދާޅުވީ، އެ ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ ފަޅުތެރެއިން ވެލި ނެގުން ހުއްޓުމުކަށް އައުމާއި އެ މަޝްރޫއުގެ ސްޕީޑު އަވަސްވުން ކަމަށް.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގެ ދުވަސްވަރު ބ. ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް އެ އެއްބަސްވުން އުވާލައި އެމްޓީސީސީއާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ބަދަލުތަކެއް ގެންނަ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ޖުލައި 2023 ގައި އެ މަސައްކަތް ހަވާލުކުރީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުނިން އެ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލީ މަސައްކަތް ވެސް ފެށިކަން އިއުލާންކުރި އެވެ. އެއީ އަމިއްލަ ކުންފުނިތަކުން ފަންޑު ކުރާ ގޮތަށް، ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ހަދަން ނޮވެމްބަރު 2022 ގައި އިބޫގެ ސަރުކާރުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ.