އީޕީއޭ އުވައެއް ނުލާ، ނަން ބަދަލުކޮށް އޮތޯރިޓީއަކަށް ހަދަނީ: މިނިސްޓްރީ

މިހާރު

12 އޯގަސްޓު 2025 | އަންގާރަ | 3:09

އީޕީއޭގެ ނަން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އަށް. ހިންގާނީ މިނިސްޓްރީގެ ދަށުން.

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާތައް ހަވާލު ކޮށްފައިވާ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އުވާލަން އުޅޭ ކަމަށް ބުނެ ދެއްކެވޭ ވާހަކަތައް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ދޮގުކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަޖުވަދު މުސްތަފާ "މިހާރު"އަށް ވިދާޅުވީ، އީޕީއޭ އުވާލަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ. އެ އޮފީހުން މިއަދު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި އަންގާފައި ވަނީ އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް