ގޮއިދޫ ފަޅުގައި ރިސޯޓް ހެދުމުގެ އެއްބަސްވުމުގައި މިމަހު ސޮއި ކުރަނީ
މިހާރު
12 އޯގަސްޓު 2025 | އަންގާރަ | 4:46
ބ. ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި މިމަހު ސޮއިކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ ރަށްތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގޮއިދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.
ރިޔާސީ ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެގޮތުން ބައެއް ކަންކަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ގޮއިދޫ ފަޅުގައި ރިސޯޓެއް ހެދުމަށް މިމަހު ސޮއިކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.