ބަދަލުތަކާއެކު 2026 ގެ އެކަޑަމިކް ކަލަންޑަރު ނެރެފި، ބެލެނިވެރިން އެދުނު ގޮތަށް ބޮޑު ޗުއްޓީ ޑިސެމްބަރަށް

މިހާރު

12 އޯގަސްޓު 2025 | އަންގާރަ | 11:24

އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ހަދައި، ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.

ކުރީގެ ސަރުކާރުން ބޮޑު ޗުއްޓީ ޖޫން/ޖުލައި އަށް 2021 ގައި ބަދަލުކުރި ނަމަވެސް އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށްވާތީ އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އަރިހުން ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

މައުޟޫޢުތަށް