އީޕީއޭގެ މަސައްކަތްތަށް މިނިސްޓްރީއަށް ބަދަލުކުރުމުން ފައްޔާޒުގެ ކަންބޮޑުވުން
މިހާރު
12 އޯގަސްޓު 2025 | އަންގާރަ | 6:29
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން ބަދަލުކޮށް އެ ތަން އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިރި އެވެ.
އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނުގެ ނަން "އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް މިއަދުން ފެށިގެން ވަނީ ބަދަލުކޮށްފަ އެވެ. އަދި ރައީސް އައްޔަން ކުރައްވާފައިވާ ހާއްސަ ގަވަނިން ބޯޑެއްގެ ލަފާގެ ދަށުން އައި ތަން ވަނީ ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އެ ބަދަލާ އެކު، އެ އިދާރާ ދެން ހިންގާނީ ސީދާ މިނިސްޓްރީގެ ދަށުންނެވެ. އަދި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ހިންގަން އާ މަގާމެއް އުފައްދަން ވަނީ ނިންމައިފަ އެވެ.