ބަނގުރަލުގެ ވިޔަފާރި ހިންގި ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓްކޮށްލަނީ
މިހާރު
13 އޯގަސްޓު 2025 | ބުދަ | 10:58
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ އިންޑިއާގެ ތިން މީހުން ކަމަށްވާ 32 އަހަރުގެ މުތުމަގޭޝް މުރުގާން އާއި 42 އަހަރުގެ ދޭވާރާޖް ޖެބްރާޖާއި 38 އަހަރުގެ ޒެނިތު ފްރެންސިސް ކަމަށެވެ. ދެން އެ މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ 37 އަހަރުގެ އަބްދުލްމަންނާން ކަމަށް ފުލުހުން ބުންޏެވެެ.
އެ މީހުން ހައްޔަރުކުރީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.