އޭޝިއަން ޗެމްޕިއަންޝިޕުން ޖޫނިއާ ސާފިން ޓީމަށް ކޮޕާ މެޑަލް

މިހާރު

13 އޯގަސްޓު 2025 | ބުދަ | 1:33

މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހިރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޖޫނިއާ ފިރިހެން ސާފިން ޓީމު، ކޮޕާ މެޑަލް ހޯދައިފި އެވެ.

ހަތަރުވަނަ އާއެކު ރާއްޖޭގެ ޒުވާން ޓީމު ކޮޕާ މެޑަލް ހޯދީ، މުބާރާތް ބޭއްވި އިންޑިއާ ފަސްވަނަ އަށް ޖައްސާލައިފަ އެވެ. އެގޮތުން ދިވެހި ޖޫނިއާ ތިން ސާފަރުން ކަމަށްވާ ޔަސީން އަހުމަދު ނާޝިދާ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އަދި ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ވަނީ ޖުމްލަ 1403 ޕޮއިންޓް ހޯދައިފަ އެވެ.

ޖޫނިއާ ބައިގައި ކައިޕުޓީ ވަނީ ދެވަނަ ބުރުގައި ވާދަ ކޮށްފަ އެވެ. ކައި ޒަކީ އާއި ޔަސީން ކުއާޓާ ފައިނަލާ ހަމައަށް ދަތުރު ކުރި އިރު، އިންޑިއާގެ އެތުލީޓެއް ވެސް ކުއާޓާގައި ވާދަ ކޮށްފައި ވެއެވެ.

މައުޟޫޢުތަށް