ޑޮނައްރުއްމާ ޑިމާންޑް ކުރީ ބޮޑު މުސާރައަށް، ޕީއެސްޖީން ނިންމީ އޭނާ ބޭރު ކުރަން
މިހާރު
13 އޯގަސްޓު 2025 | ބުދަ | 1:05
ކީޕަރު ޖިއާން ލުއީކީ ޑޮނަރުއްމާ، ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ހުއްޓުނީ އޭނާ ޑިމާންޑް ކުރާ ބޮޑު މުސާރަ ދޭން ކްލަބުން ބޭނުން ނުވާތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.ޕީ
ޑޮނަރުއްމާއަކީ ޕީއެސްޖީގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި މަހަކު 850،000 ޔޫރޯ ޕީއެސްޖީން ދެ އެވެ.
އާ އެއްބަސްވުމަކަށް ދިއުމުގެ މަސައްކަތް ހުއްޓުނީ މުސާރަ ބޮޑު ކުރަން އޭނާ ބޭނުންވުމުންނެވެ. އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓާ ލުއިސް ކެމްޕޯސް ވަނީ ކްލަބްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފަ އެވެ. ޑޮނަރުއްމާ ޑިމާންޑް ކުރާ މުސާރަ ކެމްޕޯސްގެ އޮނިގަނޑަކަށް ނުފެތެ އެވެ. އެހެންވެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ވެސް ހުއްޓުނީ އެވެ.