އީއައިއޭ ގަވާއިދު އިސްލާހުކުރީ މި ވެރިކަމުގެ ބާކީ އޮތް މުއްދަތުގައި އަމަލުކުރާ ގޮތަށް އެކަނި!
މިހާރު
13 އޯގަސްޓު 2025 | ބުދަ | 1:37
ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމުގެ ބޭނުމުގައި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ނުވަތަ އީއައިއޭގެ ހެދުމުގެ ގަވާއިދަށް އިސްލާހު ގެނައީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި އެ އަށް އަމަލުކުރާ ގޮތަށް އެކަނި ކަމަށް އެ އިސްލާހުގައި ބުނެފި އެވެ.
ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވާއިދަށް ގެނައި ހަ ވަނަ އިސްލާހު އާންމުކުރީ އިއްޔެ އެވެ.
އެ އިސްލާހުގައި ބުނީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭގެ ރިޕޯޓް އަވަސް މުއްދަތެއްގެ ތެރޭގައި، އެއްވެސް ލަސްކަމެއް ނެތި ނިންމަން ޖެހޭނެ ކަމަށެވެ. ހާއްސަ އިސްކަމެއް ދޭ މަޝްރޫއުއެއްގެ ގޮތުގައި ބަލާނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމިޓީއަކުން ކަނޑައަޅާ ގައުމީ ތަރައްގީގެ މަޝްރޫއުތައް ކަމަށް އެ އިސްލާހުގައި ބުންޏެވެ.