މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަނީ
މިހާރު
13 އޯގަސްޓު 2025 | ބުދަ | 6:46
މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މިފްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލަކުން މަސް ގަންނަން މި މަހު ފަށާނެ ކަމަށާއި އެ ރަށުން މަސް ގަތުމުގެ އިންތިޒާމު ދާއިމީކޮށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މިފްކޯ އިން ބުނީ އެ ރަށުގައި ހަދަމުން އަންނަ މަސް ޕްރޮސެސްކުރާ މަރުކަޒު މި އަހަރު އޮޕަރޭޝަނަލައިޒްކޮށް، ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށެވެ.