ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރަން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރަނީ
މިހާރު
13 އޯގަސްޓު 2025 | ބުދަ | 11:18
ބ. ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓު ތަރައްގީކުރަން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ދަރަވަންދޫ ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގާ އެންމެ ކާމިޔާބު ޑޮމެސްޓިކް އެއާޕޯޓަށްވި ނަމަވެސް، އެތަން ތަރައްގީކުރުމަށް އެއާޕޯޓު ހުޅުވި ފަހުން މާ ބޮޑު މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެއާޕޯޓުތައް ތަރައްގީކުރުމަށް ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ދަރަވަންދޫ އެއާޕޯޓު ވެސް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.