ރަޖްނީކާންތުގެ "ކޫލީ"އަށް ރިލީޒްކުރުމުގެ ކުރިން ރެކޯޑް އާމްދަނީއެއް
މިހާރު
14 އޯގަސްޓު 2025 | ބުރާސްފަތި | 12:17
ދެކުނު އިންޑީއާގެ ސުޕަސްޓާރު ރަޖްނީކާންތުގެ އާ ފިލްމު "ކޫލީ" މިއަދު ރިލީޒްކުރުމުގެ ކުރިން ރެކޯޑް އާމްދަނީއެއް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ރިލީޒްކުރުމުގެ ކުރިން ވިއްކި ޓިކެޓްތަކުން ދުނިޔޭގެ ބޮކްސް އޮފީހުގައި 110 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށެވެ. އެއީ ފުރަތަމަ ތިން ދުވަހަށް ވިއްކާފައިވާ ޓިކެޓްތަކުން ލިބުނު އާމްދަނީ އެވެ.
އޭގެ ތެރެއިން 80 ކްރޯޑް ރުޕީސްއަކީ ހަމައެކަނި މިއަދަށް ވިއްކާފައިވާ ޓިކެޓްތަކުން ލިބުނު އާމްދަނީ އެވެ.