ޓޭލާ ސްވިފްޓުގެ އާ އަލްބަމް އޮކްޓޯބަރުގައި ގެނެސްދެނީ

މިހާރު

14 އޯގަސްޓު 2025 | ބުރާސްފަތި | 11:52

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ އާ އަލްބަމް "ދަ ލައިފް އޮފް އަ ޝޯގާލް" އަންނަ އޮކްޓޯބަރު މަހު ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.

ޓޭލާގެ އާ އަލްބަމް އިއުލާންކުރީ، އޭނާގެ ލޯބިވެރިޔާ ޓްރޭވިސް ކެލްސް އާއި ޓްރޭވިސްގެ ބޭބެ ޖޭސަން ކެލްސް ގެނެސްދޭ ސްޕޯޓްސް ޕޮޑްކާސްޓް "ނިއު ހެއިޓްސް"ގަ އެވެ. އެ ޕޮޑްކާސްޓުގެ އެންމެފަހުގެ އެޕިސޯޑުގެ މެހުމާނަކީ ޓޭލާ އެވެ.

އެ އަލްބަމްގެ ކަވަ ފޮޓޯ ޓޭލާގެ އިންސްޓަގްރާމްގައި މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

މައުޟޫޢުތަށް