ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. ދަތުރު ނިންމަވާލައްވައިފި
މިހާރު
14 އޯގަސްޓު 2025 | ބުރާސްފަތި | 1:37
އާބާދީ ކިތަންމެ ކުޑަ ރަށެއްގައި އުޅޭ މީހަކަށް ވިޔަސް ކޮންމެ ދިވެހި ރައްޔިތަކީ ވެސް ހަމަހަމަ އަދި މުހިއްމު ރައްޔިތެއް ކަމުގައި ބައްލަވާނެ ކަމަށާއި ހަމަހަމަކަމާ އެކު ހިދުމަތް ދެއްވާނެ ކަމުގެ ޔަގީންކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅުގެ ދަތުރު މިއަދު ނިންމަވާލައްވައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، 500 އިން ދަށުގެ އާބާދީއެއް އޮންނަ މާޅޮހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތަކީ ކުޑަރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަށް ކަންކަން ކޮށްދެއްވުން ކަމަށެވެ.
"އަޅުގަނޑުމެން މި ވިސްނަނީ ކުރިން އިސްކަން ނުދެވި ހުރި ކަންކަން ނިންމަން. އާބާދީއަކަށް ނުބަލަން. އާބާދީ ކިތަންމެ ކުޑަވިޔަސް އަޅުގަނޑަށް ކޮންމެ ދިވެހި ރައްޔިތެއް ހަމަހަމަ. ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަ ކަމާއެކު ކަންކަން ފުރިހަމަ ކޮށްދިނުމަކީ އަޅުގަނޑުގެ މައިގަނޑު ފަލްސަފާއަކީ،" ރައީސް ވިދާޅުވި އެވެ.