ޑޮލަރުގެ މައްސަލަ ހައްލުކުރަން ވެރިކަމުގެ ދައުރު ދަންމާލަންޖެހޭ: އުއްޗު
މިހާރު
14 އޯގަސްޓު 2025 | ބުރާސްފަތި | 1:35
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް، ވެރިކަމުގެ ދައުރު ދަންމާލަން ޖެހޭ ކަމަށް މަަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.
ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި، ޗަމްޕާ ބްރަދާސްގެ ވެރިޔާ އުއްޗު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަން އެންމެ ރަނގަޅު ކަމަކީ ވެރިކަމުގެ މުއްދަތު ދަންމާލުން ކަމަށެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ވެރިކަން ކުރަން ކޮންމެ ވެރިއަކަށް ވެސް 10 އަހަރު ނުވަތަ 15 އަހަރުގެ މުއްދަތެއް ދޭން ޖެހެ އެވެ. ފަސް އަހަރުގެ ދައުރެއްގައި ރައްޔިތުން ބޭނުންވާ ކަންކަން "ތެޅިފޮޅިގެން ހާސްކަމެއްގައި" ވެރިންނަށް ކޮށްނުދެއްވޭނެ ކަމަށް ވިދާޅުވި އެވެ.