އަހަރުތަކަކަށް ފަހު އއ އަތޮޅަށް "ބޮޑު ފުޓްބޯޅަ" އެނބުރި އަތުވެއްޖެ

މިހާރު

14 އޯގަސްޓު 2025 | ބުރާސްފަތި | 1:47

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އއ. އަތޮޅުގައި ފުޓްބޯޅަ މުބާރާތް އަލުން ފަށަން އެ އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

ހޭންޑްބޯޅަ އާއި ވޮލީ އަދި ފުޓްސަލްގެ ފޯރި ގަދަ އއ. ގެ އަތޮޅުގައި އަހަރުތަކެއްގެ މެދުކަނޑުމަކަށް ފަހު ބާއްވާ އިލެވެން ސައިޑް މުބާރަތަކީ "އަރި އުތުރު" ކުޅިވަރު ފެސްޓިވަލުގެ ނަމުގައި ބާއްވާ ކުޅިވަރު އީދުގައި މި ފަހަރު ހިމެނޭ އެއް މުބާރާތެވެ. އެ އަތޮޅު ކައުންސިލުގެ ރައީސް ހުސައިން އަރުސަލާން ވިދާޅުވީ ކޮންމެ އަހަރަކު ވެސް "އަރި އުތުރު" ކުޅިވަރު ފެސްޓިވަލުގެ ނަމުގައި ދެ ޖިންސަށް ވަކިން މުބާރާތްތައް އެ އަތޮޅު ކައުންސިލުން ބާއްވާ ކަމަށެވެ.

ފާއިތުވި އަހަރު ވޮލީ އާއި ހޭންޑްބޯޅަ އެވެ. ނަމަވެސް ބޮޑު ފުޓްބޯޅަ މުބާރާތެއް އަތޮޅު ފެންވަރުގައި ނުބާވާތާ 10 އަހަރު ވެދާނެ ކަމަށް އޭނާ އަންދާޒާ ކުރެ އެވެ.

މައުޟޫޢުތަށް