ޝިލްޕާގެ ދެމަފިރިން މަކަރާއި ހީލަތުން 60 ކްރޯޑް ރުޕީސް ހޯދިކަމުގެ ތުހުމަތުކޮށްފި
މިހާރު
15 އޯގަސްޓު 2025 | ހުކުރު | 3:50
ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ މަކަރާއި ހީލަތުން 60 ކްރޯޑް ރުޕީސް ހޯދި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އިންޑިއާގެ މުމްބާއީގެ ޕޮލިހުގައި މީހަކު އެދިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމަފިރިންނަށް މި ސީރިއަސް ތުހުމަތު ކުރީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ދީޕަކް ކޮތާރީ އެވެ.
ދީޕަކްގެ ލޮޓަސް ކެޕިޓަލް ފައިނޭންޝިއަލް ސާވިސް ލިމިޑެޓުން ޝިލްޕާގެ ދެމަފިރިން 60 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައި، އެ ރުފިޔާ އަނބުރާ ދައްކާފައި ނުވާ ކަމަށާއި އެ ފައިސާ ބޭނުންކުރި ގޮތް ވެސް އޭނާއަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.