ހުޅުމާލޭގައި ނުނިމި ހުރި ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތް އެޗްޑީސީގެ އާ އެމްޑީ ބައްލަވަނީ
މިހާރު
14 އޯގަސްޓު 2025 | ބުރާސްފަތި | 5:19
ހުޅުމާލޭގައި ނުނިމި ދިގުލައިގެން ގޮސްފައިވާ ހައުސިން ޕްރޮޖެކްޓުތަކުގެ މަސައްކަތްތަކުގެ އެޗްޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ބައްލަވާލައްވައިފި އެވެ.
އެޗްޑީސީން ބުނީ އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަ "ރީތިގަސް" އެޕާޓްމަންޓްސް އާއި "ދަ ގާޑަންސް" އެޕާޓްމަންޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު، ސައިޓަށް ވަޑައިގެން ޒުހައިރު މިއަދު ބައްލަވާލައްވާފައިވާ ކަމަށެވެ.
ހުޅުމާލޭގައި ހިންގާ މިފަދަ އެހެން ޕްރޮޖެކްޓުތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ވެސް، މެނޭޖިން ޑިރެކްޓަރު ކަމަށް މިދިޔަ މަހު އައްޔަންކުރި ޒުހައިރު ވަޑައިގަންނަވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.