އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް
މިހާރު
15 އޯގަސްޓު 2025 | ހުކުރު | 11:59
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ އިތުބާރުކުރެވޭ އެއް ބައިވެރިޔާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހާ ގުޅިގެން މަރުހަބާ ދަންނަވައި ރައީސް ވިދާޅުވީ، މިނިވަން ދުވަހުގެ ތަހުނިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ދުރޫޕަދީ މުރުމޫ އާއި އިންޑިއާގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.
ކުރިއަށް އޮތްތަނުގައި އެ ގައުމަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.