ގިނަ އަދަދެއްގެ ވޭޕް އެތެރެކޮށްގެން މިނިސްޓަރު ޝަހީމްގެ ދަރިފުޅު ހިފަހައްޓައި، ޖޫރިމަނާކޮށްފި

މިހާރު

15 އޯގަސްޓު 2025 | ހުކުރު | 7:52

ރާއްޖެ އަށް ގިނަ އަދަދެއްގެ ވޭޕް ވަގަށް އެތެރެ ކުރަން އުޅުނު މައްސަލައެއްގައި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހަކު ކަސްޓަމްސް އިން ރޭ ހިފަހައްޓައި، ޖޫރިމަކޮށްފި އެވެ.

އެ މީހުންގެ ތަފުސީލް ކަސްޓަމްސްގެ މީޑިއާ އިން ނުދިން ނަމަވެސް ރާއްޖެ އަށް ވޭޕް އެތެރެކުރަން އުޅުނު މައްސަލައެއްގައި ރޭ ދެ މީހަކު ހިފެހެއްޓިކަން ކަށަވަރު ކޮށްދިނެވެ. އަދި އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު ރޭ ދޫކޮށްލި ނަމަވެސް ސްމަގްލިން އަށް ފެތޭތޯ ބަލައި، ދައުވާ ކުރާ ނަމަ އެކަމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"މިހާރު" އަށް އެނގިފައިވާ މެލޭޝިއާ އިން ރާއްޖެ އައި އެ ދެ މީހުންގެ ތެރެއިން އެއް ބޭފުޅަކީ ޝަހީމްގެ ދަރިފުޅު އަދި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ވެސް މެމްބަރު އަބްދުﷲ މާހިލް ޝަހީމް އެވެ. އޭނާ އެތެރެކުރަން އުޅުނީ 118 ވޭޕް ސްޓިކް ކަމަށް ވެ އެވެ. ދެން ހުރި މީހާ އެތެރެކުރަން އުޅުނީ 107 ވޭޕް ސްޓިކް އެވެ.

މައުޟޫޢުތަށް